All Courses
Nitrogen: A Global Challenge (Maldivian)
edX
Course
Beginner
Free to Audit
Certificate

Nitrogen: A Global Challenge (Maldivian)

The University of Edinburgh

މިކޯހުގައި ނައިޓްރޮޖަންގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ މައުލޫމާތު ލިބިދެވޭނެއެވެ. އަދި ނައިޓްރޮޖަންގެ ސަބަބުން އިންސާނިއްޔަތަށް ލިބިފައިވާ ފައިދާތަކާއި، ހެޔޮގޮތުގައި ބޭނުން ނުކުރުމުން ދިމާވާ މައްސަލަތައް ފާހަގަވެގެން ދާނެއެވެ.

2 hrs/week5 weeksMA29 enrolled
Free to Audit

About this Course

މިއީ ހަމަ ހަގީގަތުގައިވެސް ފުރިހަމަ ތޫފާނެކެވެ. ކާބޯތަކެތި ލިބުމުގެ ދަތިކަމާއި، އެއް މިންވަރަށް މި އިތުރުވަމުންދާ އާބާދީއަށް ހަކަތަ ނުލިބުމާއި ގައްވު ހޫނުވުމަކީ މި ތޫފާން އިތުރަށް ވަރުގަދަ ކުރުވާ ކަންތައްތަކެވެ. މި ހުރިހާ ދުނިޔަވީ ގޮންޖެހުންތަކުގައި ނައިޓްރޮޖަން ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ. މި ކޯހުން ދަސްވެގެންދާނީ އިންސާނިއްޔަތަށް ނައިޓްރޮޖަންގެ ބޭނުން ހުރި މިންވަރާއި މުސްތަގުބަލުގައި ނައިޓްރޮޖަން ވާނީ އިންސާނުންނަށް ހުރި ރައްކަލެއްތޯ ނުވަތަ ނުރައްކަލެއްތޯއެވެ. ނައިޓްރޮޖަންގެ ވާހަކައަކީ ވަރަށްވެސް އާދަޔާ ޚިލާފު ވާހަކައެކެވެ. ފެން ރަތްވެ، މީހުން ނޫވާ ކަމަށް ބުނާ ވާހަކައެކެވެ. މޫސުމީ ނިޒާމުތަކާއި ތަޣައްޔަރުކަން، ބޮޑެތި ޖާފަތްތަކާއި ބަނޑުހައިހޫނުކަމުގެ ވާހަކަތަކެވެ. ނައިޓްރޮޖަންއަކީ ހަމަ އެކަނި ޕީރިއަޑިކް ތާވަލުގައި ހިމެނޭ އެހެން ކެމިކަލް އުންޞުރުތަކެކޭ އެއްފަދަ އާދައިގެ އުންޞުރެއް ކަމުގައި ހީކުރަނީ ނަމަ، ނައިޓްރޮޖަންއާއި ދޭތެރޭ އަލުން ވިސްނާލުން ރަނގަޅެވެ. މީގެ ކުރިން ކޮންމެ ރޮނގަކުން ތަޢުލީމު ހާސިލުކޮށްފައިވީނަމަވެސް، މި ކޯހުގެ ޒަރިއްޔާއިން ނައިޓްރޮޖަންއާއި ގުޅޭ އާއްމު މަޢުލޫމާތުތަކާއި ނައިޓްރޮޖަންއާއި ގުޅުންހުރި ދުނިޔަވީ ބަދަލުތައް ދެނެގަނެ، ނައިޓްރޮޖަންއާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއި މި ކަންތަތަކަށް ހައްލު ހޯދާނެގޮތް ދަސްވެގެންދާނެއެވެ. މައިގަނޑު މަޢުލޫ ތަކުގެ ތެރޭގައި، ކާބޯތަކެތި ލިބުމުގެ ރައްކާތެރިކަން، މޫސުމީ ބަދަލުތައް، ވައި ތަޢައްޔަރުވުން، ފެން ތަޢައްޔަރުވުން، އިންސާނީ ސިއްޙަތު އަދި މިނޫންވެސް އިތުރު މަޢުލޫތައް ހިމެނެއެވެ. ޔުނިވަރސިޓީ އޮފް އެޑިންބަރާގެ ފަހުރުވެރި ވަނަތަކެއް ހާސިލުކޮށްފައިވާ ފެކަލްޓީ ޓީމާއި އެކު އުނގެނުމުގެ ފުރުސަތު މި ކޯހުން ލިބިގެންދާނެއެވެ. މި ކޯހުގެ ޒަރިއްޔާއިން އިލްމުވެރިންގެ ޚިޔާލާއި އެއްގޮތަށް ނައިޓްރޮޖަންގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އޭގެ ސަބަނުން އިންސާނީ ދިރިއުޅުމަށް ދިމާވެދާނެ ނުރައްކާތައް ދެނެގަނެ، އެކަންކަން ހައްލުކޮށް އެކަންކަމާ ކުރިމަތިލާނެ ގޮތްތައް ދަސްވެގެންދާނެއެވެ. މިއީ 'ނިއުޓަން-ބާބާ ވަރޗުއަލް ސެންޓަރ އޮން ނައިޓްރޮޖަން އެފިޝަންސީ'ގެ އިންޑިއާއި އަދި އިނގިރޭސި ވިލާތުގެ ތަޖުރިބާކާރުން ގުޅިގެން އުފައްދާފައިވާ، މިފަދަ ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ކޯހެވެ. މި ކޯސް ކިޔަވައިދޭނީ ނައިޓްރޮޖަން އާއީ ތަހުލީލުގެ ދާއިރާއިން އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ފަރާތްތަކެވެ. 3b:T89f, ހަފްތާ 1: ދުނިޔޭގެ ފެންވަރުގައި ނައިޓްރޮޖަންގެ ސަބަބުން ހުރި ގޮންޖެހުން ނައިޓްރޮޖަންގެ ތަޢާރަފު އަދި ދުނިޔޭގައި ކާބޯތަކެތި އުފެއްދުމުގައި ތިމާވެށްޓަށް ލިބޭ ގެއްލުން ތައް، އަދި މޫސުމަށް އަންނަ ބަދަލުތަކުގައި ނައިޓްރޮޖަން އަދާ ކުރާ ރޯލު ހަފްތާ 2: ނައިޓްރޮޖަން އާއި ދަނޑުވެރިކަން ނައިޓްރޮޖަން ސައިކަލްގެ ތަޢާރަފު، ކާބޯތަކެތި އުފެއްދުމުގައި ތާރީޚަށް ބަލާއިރު ނައިޓްރޮޖަންގެ ރޯލު، ނައިޓްރޮޖަން އާއި މޫސުމަށް އަންނަ ބަދަލުތަކާ ހުރި ގުޅުން، ކުރިއަށް އޮތްތާގައި ކާބޯތަކެތި ލިބުމުގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް ހަފްތާ 3: ނައިޓްރޮޖަންއާއި ވައި ތަޢައްޔަރުވުން ނައިޓްރޮޖަންގެ ސަބަބުން ސަރަހައްދީ އަދި ދުނިޔޭގެ ވައި ތަޢައްޔަރު ވާ ގޮތް، އޭގެ ސަބަބުން ކުރާ އަސަރުތައް، ޓްރެންޑްސް އަދި ކުރިއަށް އޮތްތާގައި ދިމާވާނެ ގޮންޖެހުންތައް ހަފްތާ 4: ނައިޓްރޮޖަން އާއި ފެން ނައިޓްރޮޖަން ފެނުގެ ނިޒާމުގެ ތެރެއަށް ވަންނަ ގޮތް، މީރުފެނާއި ކަނޑަށް މީގެ ސަބަބުން ކުރާ އަސަރުތައް، މާހައުލީ ނިޒާމުތަކަށާއި އިންސާނުންގެ ސިއްހަތަށް ކުރާ އަސަރު. ހަފްތާ 5: ނައިޓްރޮޖަންއިން ހައްލު ދަނޑުވެރިކަމުގައި ނައިޓްރޮޖަން ބޭނުންކުރާގޮތް ރަނގަޅުކުރުން، ރަނގަޅު ކާބޯތަކެތި އިޚްތިޔާރުކުރުން، ވަޔާއި ފެން ތަޢައްޔަރުވުމާއި ދެކޮޅަށް މަސައްކަތްކުރުން، އިންޓަގްރޭޓެޑް މެނޭޖްމަންޓް 3c:T16e2,{"@context":"https://schema.org","@graph":[{"@context":"https://schema.org","@type":"Organization","@id":"https://www.edx.org#organization","name":"edX","alternateName":["edX","Online Course Provider"],"description":"Online learning Massive Open Online Course Platform offering courses from leading institutions worldwide","url":"https://www.edx.org","logo":{"@type":"ImageObject","@id":"https://www.edx.org/images/logos/edx-logo-elm.svg","name":"edX Logo","description":"Official edX logo","url":"https://www.edx.org/images/logos/edx-logo-elm.svg","width":"112","height":"112"},"sameAs":["https://www.facebook.com/edX","https://

What You'll Learn

  • __ބައިނަލްއަގުވާމީ ފެންވަރުގައި ނައިޓްރޮޖަންގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް، ނައިޓްރޮޖަންގެ ސަބަބުން އިންސާނީ ނަސްލު ކުރިއެރުމަށް ލިބުނު ފައިދާ، އަދި ނައިޓްރޮޖަންގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުން މިހާރު އިންސާނުންނަށް ދިމާވެފައިވާ ދަތިތައް ***ދަނޑުވެރިކަމާއި ކާބޯތަކެތި ލިބުމުގެ ރައްކާތެރިކަމަށް ނައިޓްރޮޖަންއަކީ މުހިއްމު އަސާސެއްކަން ދެނެގަތުން ***ވައި ތަޢައްޔަރު ވުމުގައި ނައިޓްރޮޖަން އަދާކުރާ ރޯލާއި އިންސާނީ ސިއްހަތައް ކުރާ އަސަރު ***ނައިޓްރޮޖަންގެ ސަބަބުން ފެން ތަޢައްޔަރުވާ ގޮތާއި އޭގެ ނޭދެވޭ އަސަރު ދެނެގަތުން ***ދުނިޔޭގެ ނައިޓްރޮޖަންއާއި ގުޅިގެން ދިމާވާ ގޮންޖެހުންތައް ދެނެގަނެ، މި ގޮންޖެހުންތަކަށް ހައްލު ހޯދާނެ ގޮތްތައް ދިރާސާކޮށް، މި އަގުހުރި އުންޞުރު މެނޭޖްކުރާނެ ގޮތް ދަސްކުރުން

Prerequisites

  • ކޯހުގައި ބައިވެރިވުމުގެ ޝަރުތު : ނެ ތް

Instructors

A

Andrea Moring

Post-doctoral Research Assistant

D

Dave Reay

Professor of Carbon Management & Education

H

Hannah Ritchie

Junior Researcher

Course Info

PlatformedX
LevelBeginner
PacingUnknown
CertificateAvailable
PriceFree to Audit

Start Learning Now